ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، 2019 ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ 02:46 ހާއިރު 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެވަގުތުން ފެށިގެން އެމީހާ ހޯދުމުގެ މަސައލަތް ފުލުހުން ފެށި ކަމަށެވެ.
"މި މައްސަލައިގައި ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭގެ އެއްދުވަސް ފަހުން، އޭނާ ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތްވެ، އެމީހުންނާ ފިލައިގެން އަމިއްލައަށް ފުލުހަށް އައިސް އެކަން ހިނގާފައިވާ ގޮތް އިތުރަށް ތަފްސީލުކޮށްދީފައިވާ ކަމަށެވެ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްުޔަރުކޮށްފައެއް ނުވެއެވެ.
ބިދޭސީއަކު ރަހީނުކުރި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



