ފޯކައިދޫ މީހަކު ހޯދަން ފުލުހުން ފޮޓޯ ޢާއްމުކޮށްފި

ށ. ފޯކައިދޫ މީހަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ފޮޓޯ ޢާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ބަނދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުންދަނީ ށ. ފޯކައިދޫ / ދަންމަރު، އަހުމަދު ޒާހިދު (31އަހަރު) އެވެ.

އަހްމަދު ޒާހިރު ހޯދަމުންދަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅީފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބައްޓައިގެން 1 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ކޮށްފައިވާ އެމުރަކާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޒާހިދުއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 ނަންބަރު ފޯނާއި ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ