ޗާންދަނީމަގު ރެޑްބީ ކުރިމަތީ އޮންނަ ގޯޅިގަނޑުގައި ހިނހި ގްރޫޕް މާރާމާރީއެއްގެ ވީޑިއޯ އާއްމުވެއްޖެއެވެ.
މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ އެ ގޯޅި ކަންމަތީގައި ކަހަލަ ގޮތަކަށް ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާ މަންޒަރެވެ.
ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުންގެ މި ގްރޫޕްގެ ދެމެދުގައި މާރާމާރީ ހިނގާފައި ވީނަމަވެސް، އެއްވެސް ތޫނު ހަތިޔާރެއް ގެންގުޅޭތަން ވީޑިއޯއިން ނުފެނެއެވެ. އަދި ކޮން ކަމަކާ ގުޅިގެން ހިނގާފައިވާ މާރާމާރީއެއްކަންވެސް ސާފެއް ނުވެއެވެ.
Aadheehtha Dhuvahu Hingi Group Maaraamaaree pic.twitter.com/Lyo9wYRux5
— Ali Wisam (@wii_saam) October 1, 2019
މިކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، ޗާންދަނީމަގު ރެޑްބީ ކުރިމަތީ އޮންނަ ގޯޅީގައި ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ތިބިކަމުގެ މަޢުލޫމާތު އާދީއްތަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މި މަޢުލޫމާތު ލިބުމާއި ގުޅިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ދެފަހަރެއްގެ މަތިން އެގޯޅިއަށް އެޓެންޑްވެފައިވޭ. އަދި އެވަގުތު އަތަނުގައި ތިބި މީހުންނާ ސުވާލުކުރުމުން އެތަނުގައި މާރާމާރީއެއް ނުހިނގާކަމަށާއި، އެތަނުގައި ދެބަޔެއްގެ ދެމެދުގައި ޒުވާބެއް ހިނގިކަމަށް ބުނެފައިވޭ. އަދި ފުލުހުން ވަނީ އެމަގުގައި ތިބި މީހުންނަށް ނަސޭހަތް ދިނުމަށްފަހު އެސަރަހައްދުން ފޮނުވާލާފައި." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މާރާމާރީއެއް ހިނގިކަމަށް އާދީއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާކަމަށެވެ.





2 Responses
ނަައިސް ކިކް???
Aha lol?♀️..