ވަގަކު ފިހާރައިން ނުކުތްތަނުން ފުލުހުންގެ އަތްދަށުވެއްޖެ

ވަގަކު ފިހާރައިން ނުކުތްތަނުން ފުލުހުންގެ އަތްދަށުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 30 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ހުޅުމާލެ ފިހާރައަކުން ނުކުތް މީހެއްގެ ޢަމަލުތައް ހުރިގޮތުން، އެވަގުތު ކުރަމުންދިޔަ ފުލުހުންނަށް ޝައްކުކުރެވިގެން އޭނާ ބަލައި ފާސްކޮށްފައިވާކަމަށެވެ.

އަދި އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި އޭނާ އަތުން ހޯދައި އަނބުރާ ވެރިފަރާތާއި ޙަވާލުކުރެވިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން އިތުރު އެއްޗެއް ފުލުހުން ވިދާޅުވެފައިނުވާތީ، ވައްކަންކުރި މީހާއާއިބެހޭ އެއްވެސް ތަފްޞީލެއް ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ