މަޝްހޫރު ނެށުންތެރިޔާ ޝަކްތީ ރާއްޖޭގައި!

އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ މުބާރާތް "ޑާންސް އިންޑިއާ ޑާންސް" ސީޒަން ދޭއް ކާމިޔާބު ކުރި ޝަކްތީ މޯހަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ޝަކްތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ކޮކޯ ބޮޑު ހިތި ރިސޯޓުގަ އެވެ. ބެލެވޭ ގޮތުގައި ޝަކްތީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މީގެ 3 ދުވަސްކުރިންނެވެ.

އިންޑީއާގެ ބޮޑެތި ނެށުމުގެ މުބާރާތްތަކުގެ ޖަޖްކަންވެސް މިހާރު ކުރަމުން އަންނަ ކުޅަދާނަ ނެށުންތެރިޔާ، ރާއްޖެގައި ޗުއްޓީ ހޭދަކުރާކަން އޭނަގެ ފޭނުންނަށްވެސް ވަނީ އަންނާފައެވެ. އެގޮތުން ރިސޯޓުގައި ނަގާފައިވާ އޭނަގެ ފޮޓޯއެއް "މޯލްޑިވްސް" މިހެން ޖެހުމަށްފަހު މީގެ ތިން ދުވަސްކުރިން ވަނީ އިންސްޓަގްރަމްގައި ވަނީ ހިއްސާކޮށްފައެވެ.

އުމުރުން 33 އަހަރުގެ ޝަކްތީ ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގައި އޭނާގެ 32 އަހަރުގެ ކޮއްކޮ މުކްތީ ވެސް ބައިވެރިވާކަން އާނާ ވަނީ ވީޑިއޯއަކުން ޓްވީޓާގައި ހާމަކޮށްފައެވެ.

މަޝްހޫރު ބޮލީވުޑް ފިލްމް ސީރީޒް "އޭބީސީޑީ"ގެ ތިން ވަނަ ފިލްމުން ޝަކްތީ ފެނިގެންދާއިރު، މިއީ އޭނަ ބޮލީވުޑްއަށް ތައާރަފްވާނެ ފުރަތަމަ ފިލްމެވެ.

މި ފިލްމްގައި ފެނިގެންދާނެ ލީޑު ތަރިންނަކީ، މި ސީރީޒްގެ 2 ވަނަ ފިލްމުންވެސް ފެނިގެންދިޔަ ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ، ޝްރަދާ ކަޕޫރު އަދި ވަރުން ދާވަންއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ