ޓްވީޓާގެ ހިދުމަތްތަކަށް ބުރޫއަރައިފި

ދުނިޔޭގެ ގިނަބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާގެ ޕްލެޓް ފޯމުކަމުގައިވާ، ޓްވީޓާގެ ބައެއް ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކާއި ކުރިމަތިވާކަމުގައި ގިނަބަޔަކު ބުނަންފަށާފިއެވެ.

ޓްވީޓާ ބޭނުންކުރުމުގައި ދަތިތަކާއި ކުރިމަތިވާކަމުގެ ޝަކުވާތައް މިއަދު ގިނަބަޔަކު ރިޕޯޓުކޮށްފައިވަނިކޮށް، ޓްވިޓާގަ މައްސަލަތަކެއް އުޅޭކަން އެ ކުންފުނިންވެސް ވަނީ ޔަގީންކޮށްދީފައެވެ. އެގޮތުން ޓްވީޓާއިން ނޮޓިފިކޭޝަން ނައައުމާއި، މެސެޖު ރިސީވް ނުވުމާއި އަދި ޓްވީޓް ނުކުރެވުމުގެ މައްސަލަތަކެއް ވަނީ އާއްމުން ރިޕޯޓްކޯށްފައެވެ.

ޓްވިޓާ ކުންފުނިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ، މި މައްސަލަތައް ކުރިމަތިވަމުންދާކަމަށާއި، އަދި މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.

ޓްވިޓާގެ ހިދުމަތްތަކަށް ބުރޫ އަރާ، މި މައްސަލަ ގިނަ ގައުމުތަކަކަށް މިއަދު ވަނީ ކުރިމަތިވެފައެވެ. އެގޮތުން ބައެއް ފަރާތްތަކަށް ޓްވީޓާ އެކައުންޓަށް ލޮގިން ވުމުގައިވެސް މައްސަލަތަކެއް ކުރިމަތިވިއިރު، ޓްވީޓާގައި ވީޑިއޯ އަދި ފޮޓޯ ޕޯސްޓްކުރުމުގައިވެސް ދަތިތަކާއި ކުރިމަތިވެ އެތައްހާސްބަޔަކުވަނީ އެކަން ރިޕޯޓުކޮށްފައެވެ.

ބެލެވޭ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި މައްސަލަ ގިނަބަޔަކަށް ވަނީ ކުރިމަތިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ