ވަގަށް ނަގާފައިވާ ފޯނެއް ވިއްކާލަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުން، މާލެ ޕެޓްރޯލް ކުރަމުގެ ތެރޭގައި މިރޭ އިރާކޮޅު ކަމަށެވެ.
ވަގަށް ނަގާފައިވާ ފޯނު 500ރ އަށް ވިއްކާލަން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ މީހެއް ކަމަށެވެ.
"މާފަންނު ޕޮލިސް އިން މާލެ ޕެޓްރޯލް ކުރަމުންދިޔައިރު، މިރޭ 19:40 ހާއިރު ލޯކަލް މާރުކޭޓް ކައިރިން ފެނުނު 39 އަހަރުގެ މީހަކު، ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފޯނެއް، މީހަކަށް 500ރ އަށް ވިއްކަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ވައްކަމާއި ފޭރުން އިތުރުވެފައިވާއިރު، މިފަދަ ފަރާތްތައް ހިފާ ހައްޔަރުކުރުމުގައި ފުލުހުން ދަނީ ނަމޫނާ ދައްކަމުންނެވެ.



