ރިޕޯޓްގައި ހިމަނާފައިވާ ކަންކަން ތަޙްޤީޤުކޮށް ފިޔަވަޅު ނާޅަނީސް ހުއްޓައެއް ނުލާނަން: ޝަހިންދާ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓްގައި ހިމަނާފައިވާ ކަންކަން ތަޙްޤީޤުކޮށް ފިޔަވަޅު ނާޅަނީސް ދީނީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާނަނެކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރ އަދި އެގްޒެކްޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޝަހިންދާ މިހެން ވިދާޅުވެފައިވާއިރު، ދީނީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް އެމްޑީއެންއިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަމްއިއްޔާއާއި ދެކޮޅަށް މީސްމީޑިއާގައި ބޮޑު ކެމްޕޭނެއްވެސްވަނީ ފަށާފައެވެ.

އެރިޕޯޓްގައިވާ އެއްވެސް ކަމެއް ދޫކޮށްނުލާ ހުރިހާކަމެއް ތަޙުޤީޤުކުރުމަށްވެސް ޝަހިންދާވަނީ އިސްލާމިކް މިނިސްޓްރީއަށް ގޮވާލާފައެވެ.

އެގޮތުން ޝަހިންދާ ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި، އަންހެން ދަރިން 10 އަހަރު ނުފުރެނީސް މީހުންނާއި ކައިވެނިކުރުވާއި، ވެކްސިން ނުދީ ބަލިޖައްސާ މައްސަލައާއި، އަންހެން ދަރިން ސްކޫލަށް ނުފޮނުވާ މައްސަލަވެސް ހިމެނެއެވެ.

މީގެއިތުރުން އަނބިން ގައިގައި ތަޅާ އަނިޔާ ކޮށް، 18 އަހަރު ނުފުރޭ ދަރިންނަށް ހަނގުރާމަކުރަން ހިތްވަރުދޭ މައްސަލަވެސް ޝަހިންދާވަނީ ފާހަގަކުރައްވާފައެވެ.

އަދި މިރާއްޖޭގައި މިދިޔަ 10 އަހަރު މީހުން މަރާ، އަދި މީހުން މަރަން ގޮވާ، ބިރުދައްކާ، ޤައުމުގެ ޒުވާނުން ހަލާކުކުރަމުންދާ ބަޔަކަށް އަޅާނުލާއިރު، އިސްލާމިކް މިނިސްޓްރީ ހުއްޓާ މިޤައުމު އަމާނެއް ނުވާނެކަމަށްވެސް ޝަހިންދާވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

3 Responses

  1. ސިވާދު

    މީނަ ހިފާ ހައްޔަރު ކުރަން ގޮވާލަން.. ޟިނައަކީ ސަލްމާް ރުސްދީ ފަދަ ނުބައިވެގެން ޝައިތާނެއް… އަދި ތައުބާ ވުމައް ނަސޭހައް ދިނުމައް ފަހު ތައުބާ ނުވެއްޖެނަ އެކަހެރި ކޮއް ހައްޔަރު ކޮއްފައި ބެހެއްޓުމައް ސަރުކާރައް ގޮވާލަން.. މި ސަރުކާރު ވަނީ އިސްލާމް ދީން ހިމާޔަތް ކޮއް އިސްލާމްދީނު ގެ އަސް ނެގެހއްޓުމުގައި ފެއިލްވެފައި އިބޫ ސާލިހް އަދި ރައްޔިތުން މަޖިލސް އިސްތިެުފާ ދެންޖެހޭ..

  2. Amir

    thee mi mi gaumah adhi mi dhaanah huri bodu bireh thee muslimeh tha

  3. ޢަލީ

    މީނާ އާއެމެދު ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ގޮވާލަން

    16
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ