ވަގަށް ނަގާފައިވާ ބިޑިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ބިޑިތަކަކާއެކު މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ވަގަށް ނަގައިގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ 57 ހޮޅި ބިޑި އާއެކު މިއަދު 14:15 އެހާކަންހާއިރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ބިދޭސީއެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމީހާއާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި ބިޑިތައް ހުރީ ގޯންޏަކަށް އަޅާފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ