ރާއްޖޭގެ ކުރީގެ ރައީސް ޔާމިން ހިއްމަފުށްޓައް ވަޑައިގަންނަވައިފި

ރާއްޖޭގެ ކުރީގެ ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހިއްމަފުށްޓައް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހިއްމަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވަމުން ޔާމިން ވިދާޅުވީ، މި ޕާޓީއަކީ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން މިހާރު އޮތް އެންމެ ވަރުގަދަ އެއްޕާޓީ ކަމުގައެވެ. އަދި ޕީޕީއެމް އިން ރައްޔިތުންނާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރާ ކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ އެންމެ ވަރުގަދަ ޕާޓީ ކަމަށްވާތީ، އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް ޕާޓީ ކަމުގައި ވާތީ. ރައްޔިތުންނާއި އެކީ ސާބިތުކަމާއި އެކީ އަޒުމަށް ބަދަލެއް ނައިސް ވިސްނުމާއި އަޅުގަނޑުމެންގެ މިސްރާބު އެއްވެސް ތަފާތެއް ނެތް" ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ހިތާމަ ކުރަން އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ކަންތައް ދިމާވާތީ. ރަށްރަށުގައި ތިބި އަދި މާލޭގައި ތިބި ތިބޭފުޅުން ނުލާހިކު ލޯބިވާ އިހްތިރާމް ކުރާ ބޭފުޅުންވެސް އަޅުގަނޑުމެންގެ ޕާޓީ ދޫކުރައްވާ އެހެން ދިމަ ދިމާލަށް އެބަ ވަޑައިގަންނަވާ މަދު މަދުން ނަމަވެސް. މިކަންކަމާ ރައްޔިތުން ހިތްދަތިވޭ، އަޅުގަނޑުމެންވެސް ހިތްދަތިވޭ. އެހެން ނަމަވެސް މިއީ ދުނިޔޭގެ ހަގީގަތް. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަންކަން މީ." ޔާމީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ