މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަކީ އެހެންބަޔަކަށް ދެވޭ ހިތްވަރެއްކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރ އަދި އެގްޒެކްޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޝަހިންދާ މިހެން ވިދާޅުވެފައިވާއިރު، ދީނީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް އެމްޑީއެންއިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަމްއިއްޔާއާއި ދެކޮޅަށް މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.
އެގޮތުން ޝަހިންދާ ވިދާޅުވީ، އެތަށް ބަޔަކަށް މަރުގެ އިންޒާރުދީ، ދޮގު މަޢުލޫމާތު ފަތުރާ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައިވަނިކޮށް އެތަނުން އެއްވެސް މައްސަލައަކާއި ގުޅިގެން އެއްވެސް މީހަކާ ސުވާލުނުކޮށް އެފަދަ މައްސަލަތަކަށް އިސްކަމެއްނުދީ އެމްޑީއެންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާވާހަކަ ސީޕޯ ވިދާޅުވުމަކީ މިހާތަނަށްވެސް އިންޒާރު ދިނުމަށްފަހު މީހުން ވަގަށް ނަގާ، މީހުން މަރާ އެފަދަ އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތަކަށް ލިބޭ ހިތްވަރެއްކަމުގައި ދެކޭކަމަށެވެ.
އަދި ސީޕީގެ މިޢަމަލަކީ އެފަދަ ފަރާތްތަކަށް ބުރަވެ ވަޑައިގެން ކުރެއްވި ފިނޑި އަމަލެއްކަމަށާއި، ފުލުހުންގެ ވާޖިބު އިންސާފުވެރިކޮށް ފުރިހަމައަށް ކުރުމަށް އެދޭކަމަށްވެސް ޝަހިންދާވަނީ ވިދާޅުވެފައެވެ.ެ
އެގޮތުން އެމްޑީއެން ނުވަތަ އޭނާ ކުށެއްކުރިކަމަށް ތުޙުމަތު ކުރެވޭނަމަ އެމައްސަލަ ތަޙުޤީޤުކުރަންޖެހޭނެކަމަށާއި، އަދި ތަޙުޤީޤަށް ފުރިހަމައަށް އެންބާރުލުން ދޭނެކަމަށްވެސް ޝަހިންދާ ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީއިން އެމައްސަލަ ހުށަހެޅުމުގެ މާކުރިން ބަޔަކު މުޖުތަމަޢުގައި އެމްޑީއެންއާމެދު ނަފްރަތު އުފައްދާފައިވާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޝަހިންދާ ވިދާޅުވީ ޤާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަކަމަށް ބުނާއިރު، މީހެއްގެ ފުރާނައަށް ގެއްލުންނުވަނީސް ޤާނޫނު އަސާސީއަށް އިޙްތިރާމްކޮށް މިމައްސަލަ ވީހާވެސް އަވަހަށް ފުލުހުން ބަލާނެކަމަށް އުންމީދުކުރާކަމަށެވެ.





2 Responses
Insaanakahves nufudhey oriyaan haaluga nivaanukoh ulhenee ladheh nuganey dhw anga fathuraafa molhuvaahaka dhahkaakah huhh aguvehtifa
kaley amaage massala furathama balanvy, kuhthaa