ފޭކް "އެންޖެލީނާ ޖޯލީ"، ހައްޔަރުކޮށްފި!

ކޮސްމެޓިކް ސާޖަރީ ހަދައިގެން އަމިއްލަ ސިފަ، ހޮލީވުޑްގެ މަޝްހޫރު ތަރި "އެންޖެލީނާ ޖޯލީ" ގެ ސިފައަށް ބަދަލުކޮށްގެން އިންސްޓަގްރަމްގައި ފޮޓޯ ހިއްސާކުރާ އީރާނަށް ނިސްބަތްވާ އަންހެންމީހާ މައްސަލަތަކެއްގައި ދާދިފަހަކުން ހައްޔަރުކޮށްފިއެވެ.

އިންސްޓްގަރާމްގައި މަޝްހޫރު މި އަންހެންމީހާގެ ނަމަކީ "ސަޙާ ތަބާ" އެވެ. އީރާނުން މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ، އެމީހުންގެ ސަގާފަތަށާއި ދީނަށް ގެއްލުން ލިބޭ އަދި ބުރޫއަރާ ކަންތައްތަކާއި، އަދި ޒުވާނުން ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ކަންތައްތައް ކުރަމުންދާރީވެ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

22 އަހަރުގެ މި އަންހެންމީހާ އާއްމުންނަށް އެނގިފައިވަނީ، މިދިޔަ އަހަރު އޭނަގެ އަމިއްލަ ސިފަ ސާޖަރީހަދައިގެން ވަރަށް ބޮޑަށް ބަދަލުކޮށް މީސްމީޑީއާގައި ހިއްސާކުރި ފޮޓޯތަކާއި ގުޅިގެންނެވެ. ވަރަށް ބޮޑަށް ސާޖަރީ ހަދައިގެން އޭނަގެ ސިފަ ބަދަލުކޮށްފައިވަނީ، "ޢެންޖެލީނާ ޖޯލީ" އާއި ވައްތަރުވާންވެގެންނެވެ.

މިގޮތަށް އިންސްޓަގްރާމްގައި ހިއްސާކުރާ ފޮޓޯތައް، ފިލްޓާއިންވެސް ވަރަށް ބޮޑަށް އޭނާ އެޑިޓްކޯށްފައިވާކަން ފާހަގަކުރެވޭއިރު، މި ފޮޓޯތަކުގައި އޭނަގެ ކޯތާފަތާއި، އަދި ތުންފަތް އެެންޖެލީނާއާ ވައްތަރުވާގޮތަށް ބަދަލުކޮށްފައިވެއެވެ.

މި އަންހެންމީހާގެ އިންސްޓަގްރަމް އެކައުންޓް މިހާރު ޑިލިޓްކޯށްލާފައިވާއިރު، ކޮސްމެޓިކް ސާޖަރީ ހެދުމަކީ ގައުމުތަކުގައި ވަރަށް އާއްމުކަމެކެވެ.

މީސްމީޑިއާގެ ޕްލެޓްފޯމުތަކެ ތެރެއިން އިންސްޓަގްރަމްއަކީ، އީރާންގައި މިވަގުތު ބޭނުންކުރުން ހުއްދަ މީސްމީޑިއާއެވެ. ފޭސްބުކް، ޓެލެގްރަމް އަދި ޓްވިޓާވަނީ ރަސްމީކޮށް އީރާންގައި ބޭން ކޮށްފައެވެ.

އަމިއްލަ ނަފްސަށް ގެއްލުންދީ އަނިޔާވެރިވުމަކީ އަހަރެމެންގެ އިސްލާމްދީނުގައި ހުއްދަކަމަކަށްނުވާއިރު، މުސްލިމުން މިފަދަކަންކަމުން ދުރުވާންޖެހެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ