މަސްތުވާތަކެއްޗާއި، ވަގަށް ނަގާފައިވާ އަގު ބޮޑެތި ގިނަ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި، ވަގަށް ނަގާފައިވާ އަގު ބޮޑެތި ގިނަ ސާމާނުތަކަކާއި، ފައިސާތަކަކާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މީހާ ހައްޔަރުކޮށްފައިވަނީ މިއަދު 09:40 އެހާކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ އިރު ޝައްކު ކުރެވިގެން ހުއްޓުވާ ބަލާ ފާސްކުރި އިރު މަސްތުވާތަކެއްޗާއި، ވަގަށް ނަގާފައިވާ އަގު ބޮޑެތި ގިނަ ސާމާނުތަކަކާއި، ފައިސާތަކެއް އެމީހާ އަތުން ފެނުމާ ގުޅިގެންނެވެ.

ހުއްޓުވި މީހެއް ބަލައި ފާސްކުރި އިރު އޭނާ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސަމްސަންގް ޓެބްއަކާއި ސަމްސަންގް ގެލެކްސީ ނޯޓް 10 އަކާއި، 6697 ދިވެހި ރުފިޔާއާއި 40 ޔޫއެސް ޑޮލަރާއި، 19000 ދިވެހި ރުފިޔާގެ އަގުހުރި ޓިސޮޓް ބްރޭންޑްގެ އަތުކުރި ގަޑިއެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓެއްވެސް އެމީހާ އަތުން ފެނިފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ