އެމްޑީއެން އުވާލަން ގޮވާލާތީ، ޖަރުމަނު ސަފީރު ކަންބޮޑުވުން ފާޅުކޮށްފި

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާލާތީ، ޖަރުމަން ވިލާތުން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ރޯޑް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖޯން ރޯޑް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2016 އަހަރުން ފެށިގެން އެމްޑީއެންއަކީ ކޮންބައެއްކަން އޭނާއަށް އެނގޭކަމަށާއި، އެޖަމްޢިއްޔާއާއި މެދު ނަފްރަތު އުފައްދާ އެ ޖަމްޢިއްޔާ އުވާލަން ގޮވާލާތީ ކަންބޮޑުވާކަމަށެވެ. އަދި ރާއްޖޭގައި އެމްޑީއެންއަށް ނުރައްކާ އެބަ އޮތްކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

އަދި އެމްޑީއެން އަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ކުރިއެރުވުމުގައި އާއި، ދީނީ ގޮތުން ހައްދުފަހަނަޅައި ދިޔުމުގެ ނުރައްކާތެރިކަން ހާމަކޮށްދިނުމުގައި މަސައްކަތް ކުރާ ބައެއް ކަމަށްވެސް ސަފީރުގެ ޓްވީޓުގައިވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދިވެހި ސަރުކާރު އަބަދުވެސް އެހީތެރިވާނެކަމުގެ ޔަޤީންކަށް ސަފީރުދެއްވިއިރު، ޖަރުމަނުން އަބަދުވެސް ރާއްޖޭގެ އޮންނަ ގާތް ގުޅުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ހެޔޮވެރިކަން ކުރިއެރުވުމަށް މަސައްކަތް ކޮށްދޭނެ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ދީނީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް އެމްޑީއެންއިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް”ގެ ނަމުގައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަމްއިއްޔާއާއި ދެކޮޅަށް މީސްމީޑިއާގައި ބޮޑު ކެމްޕޭނެއްވެސް ފަށާފައިވާއިރު، އެރިޕޯޓްގެ މައްސަލަ ފުލުހުން މިހާރުދަނީ ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    German safeeru kanboduviyakas aharumen kanbodeh nuvey. Thiya safeeru ahvure allah ge koafa ah aharumen biruvethivan. Jeheynee hama uvaalan. Harukaskikoh kuhverikuran efadha ihaanethi bas dheenah bunaa faraath thakaamedhu harukashi fiyavalhu alhanjeheyne

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ