އާމިނަތު ލަތީފާ - ފޮޓޯ: ޕޮލިސް

ފުލުހުން ލަތީފާވެސް ހޯދަނީ

މާލޭ ދަފްތަރު އާމިނަތު ލަތީފާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހޯދަމުންދަނީ، އުމުރުން 47 އަހަރުގެ، ކ.މާލެ، ދަފްތަރު ނަންބަރު:6630 ކަމަށެވެ.

"އާމިނަތު ލަތީފާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ، ހާޟީރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 އޮކްޓޯބަރ 14 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.

އާމިނަތު ލަތީފާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމެންޓް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ