މާލެ އަތޮޅު ކުޑަ ވިލިނގިލި ބޭރަށް މަސްބާނަން ކެޔޮޅުކަމު ނުކުތް ލޯންޗަކަށް ހޮނުއަޅައިފިއެވެ.
ފުލުހުން ވިދާޅުވީ، މަސްބާނަން ބަޔަކު ތިބި ލޯންޗަކަށް ހޮނުއަޅާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:00 ހާއިރުކަމަށެވެ. އަދި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
30 މީހުންގެ ޖާގައިގެ މިލޯންޗުގައި އެވަގުތު 7 މީހަކު ހުރިނަމަވެސް ލޯންޗުގައި ތިބި އެއްވެސް މީހަކަށް ހާނިކައެއް ވެފައި ނުވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ހޮނު އެޅުމާއި އެކު ލޯންޗުގައި އަލިފާން ރޯވި ނަމަވެސް އޭގައި އޮތް އަލިފާން ނިންވާ ފުޅި ބޭނުންކޮށްގެން ލޯންޗުގައި ތިބި މީހުން ވަނީ އަލިފާން ނިންވާލާފައެވެ.




