ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އެމްޑީޕީން އިސްތިއުފާދީފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ކެނޑިޑޭޓުން އިންތިހާބު ކުރުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި ވާދަކޮށް، ބަލިވެވަޑައިގެންނެވި ރުކުމާ އިސްތިއުފާދެއްވިކަން އިއުލާން ކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
ރުކުމާ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ފަހުރުވެރިވާ ސިޔާސަތުތަކާއެކު، ވުޖޫދުވި އެމްޑީޕީގައި އިހުލާސްތެރިންނާއި، އަދާވާތްތެރިން ވަކިނުވާތީ ހިތާމަ ކުރާ ކަމަށާއި، ހިތާއި ރޫހާއި ޖާނާއި މާލުން ގުރުބާންވި ޕާޓީ އެމްޑީޕީން އިސްތިއުފާދިން ސިޓީ އެ ޕާޓީގެ އޮފީހާއި ހަވާލު ކުރީ ހިތާމައާއިއެކު ކަމަށެވެ.
Fahuruverivaa, siyaasath thakaaieku vujoodh vi MDP gai ihulaastherinnaa, adhaavaaiytherin vakinuvaathee hithaama kuran.
— Rukuma (@RukumaA) February 26, 2019
Hithaai roohun adhi jaanaai maalun qurbaanvi Party MDP in isthiufaa dhin sity @MDPSecretariat aai haavaalu mikuree hithaama aai eku.
ރުކުމާ އެމްޑީޕީން އިސްތިއުފާދީފައި ވާއިރު، ޕްރައިމަރީގައި ބަލިވި ކެނޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމައި ސްޕްރީމްކޯޓުން ވަނީ ހުކުމް ކުރައްވާފައެވެ.
ރުކުމާ އެމްޑީޕީން ވަކިވާން ނިންމީ އަމިއްލަ ގޮތުން މަޖިލީހުގައި ވާދަ ކުރަންކަމަށް ބެލެވެއެވެ.




