GENIUS JUNIOR -- Pictured: Neil Patrick Harris (Photo by: Christopher Polk/NBC/NBCU Photo Bank)

"މެޓްރިކްސް 4"ގައި "ހައު އައި މެޓް ޔުއަރ މަދާ"ގެ ތަރި ނީލް ޕެޓްރިކް!

1999 އަހަރު ނުކުތް ސައިންސް ފިކްޝަން އެކްޝަން ފިލްމް “ދަ މެޓްރިކްސް” ސިލްސިލާގެ 4 ބައި އުފެއްދުމުގެ މަސައްކަތްމިހާރު ކުރަމުން އަންނައިރު، "ހައު އައި މެޓް ޔުއާ މަދާ" ގައި "ބާނީ" ގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ނީލް ޕެޓްރިކް ހެރިސް، މެޓްރިކްސްގެ 4 ވަނަބައިގެ މުހިއްމު ރޯލެއް ކުޅުމަށް ހަމަޖައްސައިފިއެވެ.

މެޓްރިކްސްގެ ކުރީ ފިލްމްތަކުގެ ލީޑުންވެސް ފެނިގެންދިޔަ ތަރިންކަމުގައިވާ “ކިއާނު ރީވްސް” އަދި “ކެރީ-އެނެ މޮސް” ފިލްމްގައި ކުރިން ފެނިގެންދިޔަ “ނިއޯ” އަދި ޓްރިނިޓީ”ގެ ރޯލު އަދާކުރާއިރު، 46 އަހަރުގެ ޕެޓްރިކް ފިލްމްގައި އަދާކުރާ ރޯލާއެކު، މި ކާސްޓުންނާއެކު ފިލްމްއިން ފެނިގެންދާނެކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

ނަމަވެސް އޭނާ ފިލްމްގައި ކުޅޭނީ ކޮން ރޯލެއްކަމެއް އަދި މިހާތަނަށް އިއުލާންކޮށްފައިނުވީނަމަވެސް، ފިލްމްގެ ފޭނުން ބުނާގޮތުގައި ޕެޓްރިކް ފެނިގެންދާނީ "މޮރްފިއަސް" ގެ ރޯލުންނެވެ. މި ރޯލު ކުރީގެ ފިލްމްތަކުގައި އަދާކޮށްފައިވަނީ، އެކްޓަރު ލޮރެންސް ފިޝްބާން އެވެ.

16 އަހަރު ފަހުން މެޓްރިކްސް ސިލްސިލާގެ 4 ވަނަ ބައި ގެނެސްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މި ފިލްމްގެ ކުރީ ބައިތަކުން ފެނިގެންދިޔަ އެހެން ބައެއް އެކްޓަރުންވެސް އެމީހުންގެ ރޯލުތައް އަދާކުރާނެއެވެ.

މިހާތަނަށް މެޓްރިކްސް ސިލްސިލާގެ 3 ފިލްމެއް ނުކުމެފައިވާއިރު، އެއީ 1999 ވަނަ އަހަރު ނުކުތް “ދަ މެޓްރިކްސް”، 2003 ވަނަ އަހަރު ރިލީޒްކުރި “ދަ މެޓްރިކްސް ރީލޯޑެޑް” އަދި “ދަ މެޓްރިކްސް ރިވޮލިޔުޝަންސް”އެވެ.

“މެޓްރިކްސް 4″ގެވެސް ވާހަކަ ލިޔެ އަދި ޑައިރެކްޓްކުރާނީ މިފަހަރުވެސް ކުރީގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޑައިރެކްޓަރ “ލާނާ ވަޗައުސްކީ”އެވެ.

މި ފިލްމްގެ ޕްރޮޑަކްޝަންގެ މަސައްކަތް އަންނައަހަރު ތެރޭގައި ފެށޭނެކަމަށް ބެލެވޭއިރު، ފިލްމް ރިލީޒްކުރާނީ 2022 ވަނަ އަހަރުކަމަށް މައުލޫމާތުލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ