ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

އިންތިޚާބުގައި ޝިފާޒް ބަލިކުރާނެ ކަމުގެ ޔަޤީންކަން އަސްލަމް ދެއްވައިފި

އަންނަ ނޮވެންބަރު މަހުގެ 22 ގައި އޮންނަ އެމްޑީގެ ރައީސް އާއި ނައިބު ރައީސް ނެގުމަށް ބާއްވާ ވޯޓުގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ބަލި ކުރައްވާނެ ކަމުގައި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދަޅުވީ، ޝިފާޒް ބަލިކޮށް އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަސްލަމް ވަނީ އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ. އަދި އޭނާގެ ކެމްޕެއިން ވަރަށް އަވަހަށް ފައްޓާވާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޝިފާޒް އެމްޑީގެ ނައިބު ރައީސްކަމަށް ކުރިމަތި ލައްވާކަން މި ދިޔަ އަންގާރަ ދުވަހު އިޢުލާނު ކުރައްވާފައިވާއިރު، ނަޝީދު ވަނީ އެޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައެވެ. އަދި އެ ޕާޓީގެ ގިނަ މެންބަރުން ދަނީ ނަޝީރަށް ތާޢީދު ކޮށް ކެމްޕެއިން ކުރައްވަމުންނެވެ.

އެމްޑީޕީގެ ހުސްވެފައިވާ ރައީސް އާއި ނައިބު ރައީސް ކަމުގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލައިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދެ މަޤާމަށް ކުރިމަތި ލެވޭނެ އެންމެ ފަހު ތާރީޚަކީ މާދަމާގެ މެންދުރު 12:00 އެވެ.

އެންމެ ފަހުން އެމްޑީޕީގެ ލީޑާޝީޕް އިންތިހާބު ބޭއްވީ މީގެ ފަސް އަހަރު ކުރިން އޮގަސްޓު 2014 ގައެވެ. އޭރު އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ މަގާމުތަކަށް ހަމައެކަނި ވާދަކުރެއްވި، ދެ ބޭފުޅުންނެވެ. އެއީ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ކަމަށް މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ