ކިހާ އަވަހަކަށް ދަތް އުނގުޅާބުރުސް ބަދަލުކުރަންތަ!

އެންމެ ފަހުން ދަތް އުނގުޅާ ބުރުސް އާ ބުރުހަކަށް ބަދަލުކުރީ ކޮންއިރަކުހެއްޔެވެ؟ މިއީ ސިއްހަތަށް ސަމާލުކަން ދޭ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ކޮށްލުން ވަރަށް މުހިއްމު ސުވާލެކެވެ.

ދަތް އުނގުޅާ ބުރުސް އަވަސް އަވަހަށް ބަދަލުކުރުމަކީ އަނގަތެރެ ހަލާކުވިޔަނުދީ ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް ވަރަށް މުހިއްމުކަމެކެވެ. މިއީ ވަރަށްގިނަ ބޭފުޅުންގެ ހަނދާނުން ކައްސާލާ އެހެންނަމަވެސް އަނގަތެރެ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ސަމާލުކަން ދިނުން ވަރަށް މުހިއްމުކަމެކެވެ.

ޑޮކްޓަރުން ލަފާދޭގޮތުގައި ދަތް އުނގުޅާ ބުރުސް ކޮންމެ މަހަކު އެއްފަހަރު ބަދަލުކުރުމާކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންނަމަވެސް އެންމެ އެދެވިގެންވާގޮތަކީ، ދަތް އުނގުޅަ ބުރުސް ވީހާވެސް އަވަސް އަވަހަށް ބަދަލުކުރުމެވެ.

ގިނަދުވަސްވެފައިވާ ދަތް އުނގުޅާ ބުރުހަކުން ދަތާ އުނގުޅާކަމުގައިވަނީނަމަ، ދަތުގެ ހިރުގަނޑަށް ގެއްލުން ލިބި، އަނގަތެރޭގައި ވަރަށް އަވަހަށް ބެކްޓީރިއާ އުފެދުމަށް މެދުވެރިވެއެވެ. އަދި ގިނަ ފަހަރު އަނގަ ތެރެ ހަލާކުވުމާއި އިންފެކްޝަން އުފެދުމުގެ މައްސަލަ ކުރިމަތިވުމާވެސް ގުޅިފައިވަ ީީ އަވަސްއަވަހަށް، ދަތް އުނގުޅާ ބުރުސް ބަދަލުނުކުރުމެވެ.

ދަތްއުނގުޅާ ބުރުސް ގިނަދުވަސްވަންދެން ބަދަލުނުކޮށް ދަތް އުނގުޅުމުގެ ސަބަބުން، ބުރުހުގެ ފަތްތައް ހަލާކުވުމަށް މެދުވެރިވެއެވެ. އަދި ނަތީޖާއަކަށް ވަނީ މިފަދަ ބުރުހަކުން ދަތް އުނގުޅުމުން، ދަތްތަކުގެ ދޭތެރޭގައި ހުންނަ ހަޑި ކުނިތަކާއި ޖަރަސީމު އެކަށީގެންވާ ވަރަށް ސާފުނުވުނެވެ. އެހެންކަމުން މިކަމުގެ ސަބަބުންވެސް އަނގަތެރޭގައި އިތުރަށް ޖަރާސީމާއި ބެކްޓީރިއާތައް އުފެދި ދަތް ފަނިކެމާއި، އަނގަތެރޭގައި ނުބައިވަސް ހަރުމަށް މެދުވެރިވެއެވެ.

މިއީ މީހުން ގިނަފަހަރު ކުރަން ހަނދާންނެތޭކަމެއް ކަމުގައިވިޔަސް، ދަތްއުނގުޅާ ބުރުސް ގިނަދުވަސްނުކޮށް ބަދަލުކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައިދެކިގެން މިކަން ކުރަން އާދަކުރާށެވެެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ