ހައްޔަރުކުރި ޒުވާނާ

ރަވާއު ޙައްޔަރުކުރީ އަނިޔާވެރިކަމަށް ހިތްވަރު ދީގެން: ފުލުހުން

ފުވައްމުލަކު ހޯދަޑު އަވަށު ޒުވާނެއް ކަމުގައިވާ އުމުރުން 19 އަހަރުގެ ޢަލީ ރަވާއު ޙައްޔަރުކޮށްފައިވަނީ އަނިޔާވެރިކަމަށް ހިތްވަރު ދީގެންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުން މިއަދު 19 އަހަރުގެ ޒުވާނަކު ޙައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ޙައްޔަރުކޮށްފައިވަނީ މީސް މީޑިއާގައި މީސްމީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިއްވަރުދޭތީކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޒުވާނާ މީސްމީޑިއާގައި މަރުގެ އިންޒާރު ދީފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރ، ޝަހިންދާ އިސްމާއިލް އަށެވެ.

މައުލޫމާތު ލިބޭގޮތުގައި ފުލުހުން ރަވާއު ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުއެވެ.

ފުލުހުންވަނީ މީގެކުރިންވެސް ޝަހިންދާއާއި ގުޅޭ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފައެވެ. މި ޒުވާނާވެސް ހައްޔަރުކޮށްފައިވަނީ މީސްމީޑިޔާގައި ޝަހިންދާއާއި ގުޅޭ ގޮތުން ހިއްސާކުރި ފޮޓޯ އަކާއި ގުޅިގެންނެވެ.

އެމްޑީއެން އިން އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޖަމުއިއްޔާ އަށް ފިޔަވަޅު އަޅައިދިނުމަށް ސަރުކާރުގައި އެދެމުންނެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ