ބޮޑުތަކުރުފާނުމަގުގައި ހުންނަ މަނީ އެކްސްޗޭންޖަށް ރޭގެ ވަގުތެއްގައި ގެއްލުންދީފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭ، ބޮޑުތަކުރުފާނުމަގު މަނީ އެކްސްޗޭންޖްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވަނީ ސައިކަލެއްގައި ދިޔަ ދެމީހުން ކަމަށެވެ.
މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 02:28 ހާއިރު ކަމަށާއި، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




