ވަގަށް ނަގާފައިވާ އައިފޯން އެކްސް މެކްސް އަކާއެކު ދިވެއްސަކު ޙައްޔަރުކޮށްފި

ވަގަށް ނަގާފައިވާ އައިފޯން އެކްސް މެކްސް އަކާއެކު ދިވެއްސަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހުޅުމާލެ މަގުމަތި ޕެޓްރޯލް ކުރުމުގެ ތެރޭގައި ޝައްކުކުރެވޭ މީހަކު ހުއްޓުވާ ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ އައިފޯން އެކްސް މެކްސްއެއް ފެނިފައިވާކަމަށެވެ.

އަދި މިމައްސަލާގައި ޙައްޔަރުކުރެވިފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފޯނުގެ ވެރިފަރާތާއި މިހާރުވަނީ ފޯން ޙަވާލުކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ