ސައިކަލެއް ވަގަށްނެގި ކަމުގެ ތުޙުމަތުގައި ދިވެއްސަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ޙައްޔަރު ކުރެވިފައިވަނީ 25 އަހަރުގެ ދިވެއްސެއްކަމަށެވެ.

އަދި މިމީހާ ވަގަށް ނަގާފައިވާކަމަށް ޝައްކުކުރެވޭ ސައިކަލް މިހާރު ޓޯކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ސައިކަލް ވަގަށް ނެގުމުގެ މައްސަލަތަކަކީ މާލޭގައި އާންމު ގޮތެއްގައި ހިނގަމުން އަންނަ ވައްކަން ތަކެކެވެ. އަދި މިފަދަ ވައްކަންތަކުން ސަލާމަތްތެރިވެ ތިބުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާޒް ކުރެއެވެ.




