ގުދަނެއް ފަޅާލައި ކޮސްމެޓިކްސްތަކެއް ވަގަށް ނެގި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ގިނަ އަދަދެއްގެ ކޮސްމެޓިކްސް ސާމާނު ވަގަށްނެގީ ހެންވޭރު ގެއެއްގައި ހުރި ގުދަނެއް ފަޅާލައި ގެން ކަމަށެވެ.
މި މައްސަލައިގައި މިއަދު ހެނދުނު 06:15 ހާއިރު 27 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
Henveyru gai huri gudhaneh falhaalai gina adhadhegge cosmetics saamaanu vagah negi 27 aharuge Dhivehi firihenaku, miadhu 06:15 ehaakanhaairu fuluhunge belumugedhashah genesfaivey. #GalolhuPolice #CommandCenter pic.twitter.com/kMWlRCennN
— Maldives Police (@PoliceMv) October 31, 2019
ގުނަދަނެއް ފަޅާލައިގެން ކޮސްމެޓިކްސް ސާމާނުތަކެއް ވަގަށް ނެގިއިރު، ދޭތެރެ ދޭތެރެއިން މާލޭގެ ފިހާރަތަކުން މިފަދަ ތަކެތި ވަގަށް ނަގާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



