ތިޖޫރީއެއް ވަގަށް ނަގައިގެން މިސްކިތެއްގައި ފޮރުވި މީހަކު ހައްޔަރުކޮށްފި

ތިޖޫރީއެއް ވަގަށް ނަގައިގެންގޮސް މިސްކިތެއްގައި ފޮރުވި މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެފައިވަނީ މާފަންނު ފޮލިސް އިން އޭނާ ހައްޔަރު ކޮށްފައިވަނީ ވަގަށް ނަގާފައިވާ ތިޖޫރީއާއި އެކު މިސްކިތް ތެރެއިން ރެޑް ހޭންކޮށް ކަމަށެވެ.

މި ތިޖޫރީ ވަގަށް ނަގާފައި ވަނީ ރޭ ދަންވަރު މާފަންނު ގެއަކުންނެވެ. ފުލުހުން މިހާރު ވަނީ އެ ތިޖޫރީ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ