2016 ވަނަ އަހަރު ވަގަށްނެގި ސައިކަލެއް ފުލުހުން މިއަދު ހޯދައިފި

2016 ވަނަ އަހަރު ވަގަށްނެގި ސައިކަލެއް ފުލުހުން މިއަދު ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، 2016 ވަނަ އަހަރު ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހަޅާފައިވާ ސައިކަލެއް މިއަދު މާލެ ޕެޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ގަލޮޅު ފުލުހުން ހޯދާފައިވާކަމަށެވެ.

އަދި މިސައިކަލް މިހާރުވަނީ ޓޯ ކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި މީހަކު ޙައްޔަރުކުރެވިފައިވާކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ސައިކަލް ވަގަށް ނެގުމުގެ މައްސަލައަކީ ވެރިރަށް މާލޭގައި ގިނައިން ހިނގާ މައްސަލައަކަށްވާއިރު، ސައިކަލު ޕާކްކުރުމަށްފަހު ސައިކަލްގެ ތަޅުދަނޑި ނެގުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި މިދިޔަ އޮކްޓޯބަރުމަހުގެ 23 ން 29 ގެ ނިޔަލަށް އެކި ތަންތާގައި ޕާކްކޮށްފައިހުރި 10 ސައިކަލެއްގެ ތަޅުދަނޑި ޖަހާފައި ހުރުމުން އެތަޅުދަނޑިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މިތަޅުދަނޑިތައް ވެރިފަރާތާއި ރައްދުކޮށްދީފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ