ރީކޯ މޫސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މަޖިލިސް

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ރީކޯ މޫސަ ސުވާލު އުފައްދަވައިފި

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށްވާއިރު، ބިދޭސީން ރާއްޖެއައި ގޮތާމެދު ކުރީގެ މަޖިލިސް މެންބަރު ރީކޯމޫސަ ސުވާލު އުފައްދަވައިފިއެވެ.

ރީކޯ މޫސަ ވަނީ ގަލޮޅު ދަނޑަށް އެއްކުރި ހުރިހާ ބިދޭސީންނަކީ ބަންގާޅުގަ ތިއްބާ ބަޔަކު ގަދަކަމުން ރާއްޖެގެނެސް ހާލުގަ ޖެއްސި މީހުން ތޯ ސުވާލު އުފައްދަވާފައެވެ. ‘ރެގިއުލަރައިޒޭޝަން ޕްރޮގްރާމް’ ގެ ދަށުން ‘ރެގިއުލަވައިޒްވާން’ އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށް ކިޔު ނަންބަރު ދޫކުރުން ގަލޮޅު ދަނޑަށް ބަދަލު ކުރުމާއެކު ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ވަދެ ވަނީ ގަލޮޅު ދަނޑު ފުރާލައިފިއެވެ.

ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭމުންދާއިރު ޤާނޫނުގެ ތެރެއަށް އެފަރާތްތަށް ވެއްދުމަށްޓަކައި ސަރުކާރުން ކުރިޔަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ އެތައްހާސް ބިދޭސީންނެއް ރަޖިސްޓްރީވެފައެވެ.

"މިއޮށް ހުރިހާ ދުވަހު އެމީހުން ރާއްޖޭގައި އުޅުނުއިރު ސަރުކާރުގެ ވުޒާރާއެއްގެ ދޮށަށް އެއްނުވެ އެ އުޅެނީ ހަމަ ހާލުގަ ޖެހިގެންތޯ؟ ނުވަތަ ގަސްތުގަ ފިލައިގެންތޯ؟" ރީކޯ މޫސަ ސުވާލު އުފައްދަވާފައިވެއެވެ.

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެތައް ހާހަކަށް އަރާއިރު ސަރުކާރުން ވަނީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޮޑެތި މަސައްކަތް ތަކެއް ފަށާފައެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2023 އަހަރުގެ ނިޔަލަށް ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީން %33 އަށް ދަށް ކުރުމަށް ވަނީ ހިމަނާފައެވެ.

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 63،000 ވުރެ ގިނަކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ