ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ޤާނޫނާއި ޚިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތެއް ނުދޭނަން: ފުލުހުން

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް އެއްވުންތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނުދޭނެކަމަށް އެ ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ފުލުހުން ވިދާޅުވީ، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު އެސަރވިސްއިން ނުދޭނެކަމަށާއި، އެއްވުންތައް ކުރިއަށް ގެންދަން ބޭނުންނަމަ ޤާނޫނީ ތަރަޙައިގެ ތެރެއިން އެއްވުން ކުރިއަށް ގެންދަން އިލްތިމާސް ކުރާކަމަށެވެ.

މިޓްވީޓްގައި ފުލުހުން މިިދިޔަ އޮކްޓޯބަރު މަހު 26 ގައި ނެރުއްވި ނޫސް ބަޔާނެއްވެސް ޓެގްކޮށްފައިވާއިރު. އެބަޔާނުގައިވަނީ ޚިޔާލުފާޅުކުރުމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަޙައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމުކޮށް ބާއްވަމުން ގެންދާކަމާއި، އެފަދަ ބައެއް އެއްވުންތަކުގައި ޤާނޫނުން މަނާކޮށްފައިވާ ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ޤާނޫނާއި ޚިލާފަށް އެއްވުމުގެ ފުރުޞަތު ނުދޭނެކަމަށާއި ޤާނޫނާއި ޚިލާފުވާ ފަރާތްތަކާއި މެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު، މިރޭ "ބަޑިބުރާސްފަތި" މިނަމުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އެއްވުމެއް ބާއްވަންވަނީ ނިންމާފައެވެ.

ޤާނޫނާއި ޤާވާޢިދުގައި ވާ ގޮތުގެ މަތިން މިހާރު މުޒާހަރާ ކުރެވޭނީ ކުރިއާލާ ފުލުހުންނަށް އެކަން އެންގުމަށްފަހުގައެވެ. އަދި މުޒާހަރާ ކުރަން މާލޭގައި އެއްވެ އުޅެވޭނީ ކާނިވާ ސަރަޙައްދަށް އެކަންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ