ސީރިޔާ-ތުރުކީ ބޯޑަރުގައި ވަރުގަދަ ކާރު ބޮމުގެ ހަމަލާއެއް

ސީރިޔާ އާއި ތުރުކީއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސީރިޔާގެ އަވަށެއްކަމުގައިވާ ތަލް އަބްޔަދުގައި ވަރުގަދަ ބޮމުގެ ހަމަލާއެއް ދީފިއެވެ. ކާރެއްގައި ބޮން ހަރުކޮށްގެން ދިން މި ހަމަލާގައި 13 މީހަކު ވަނީ މަރުވެފައެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީ އިން، މި ހަމަލާގައި 13 މީހުން މަރުވިކަން ކަށަވަރުކޮށްދީފައިވާއިރު، އިތުރު 20 މީހަކަށް އެކިވަރުގެ އަނިޔާތައްވެފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި މަރުވެފައިވާ މީހުންނަކީ ކުށެއް ނެތް، އާއްމުންގެ މީހުންކަމަށްވެސް ބުނެފައިވެއެވެ.

ނިމިގެންދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު، ތުރުކީ އިން ވަނީ މި ސަރަޙައްދުގައި އުޅެމުންދާ ކުރުދީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މި ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް މި އަވަށުގައިވެސް ދަނީ ދެމުންނެވެ.

އިއްޔެ ތަލް އަބްޔަދުގައި ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވެއެވެ. ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި އެސަރަޙައްދުގައި ދިނީ ވަރުގަދަ ނިރުބަވެރި ހަމަލާއެކެވެ. ހަމައެހެންމެ، ބައެއް ފަރާތްތަކުން ވަނީ މި ހަމަލާ ކުށްވެރިވެސްކޮށްފައެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ