މިދިޔަ އަހަރު ވަގަށް ނަގާފައިވާ ސައިކަލެއް ފުލުހުން ހޯދައިފި

2018 ވަނަ އަހަރު ވަގަށް ނަގާފައިވާ ސައިކަލެއް ފުލުހުން ހޯދައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ 2018 ވަނަ އަހަރު ވަގަށް ނަގައިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއް މިއަދު ގަލޮޅު ޕޮލިސް އިން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ވަގުތު ހޯދާފައިވާކަމަށެވެ.

އަދި މި ސައިކަލް މިހާރުވަނީ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހަޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހުވެސް ފުލުހުން ވަނީ 2016 ވަނަ އަހަރު ވަގަށް ނަގައިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއް ހޯދާފައެވެ.

ސައިކަލް ވަގަށް ނެގުމުގެ މައްސަލައަކީ ވެރިރަށް މާލޭގައި ގިނައިން ހިނގާ މައްސަލައަކަށްވާއިރު، ސައިކަލު ޕާކްކުރުމަށްފަހު ސައިކަލްގެ ތަޅުދަނޑި ނެގުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި މިދިޔަ އޮކްޓޯބަރުމަހުގެ 23 ން 29 ގެ ނިޔަލަށް އެކި ތަންތާގައި ޕާކްކޮށްފައިހުރި 10 ސައިކަލެއްގެ ތަޅުދަނޑި ޖަހާފައި ހުރުމުން އެތަޅުދަނޑިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މިތަޅުދަނޑިތައް ވެރިފަރާތާއި ރައްދުކޮށްދީފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ