ރޮޒޭނާ އާދަމްއަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާއިން ތަތްތެޅިފައިވާ އެމްޑީޕީއަށް ފާވި ޖަރާސީމެއްކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ ސައީދު އައްޔަން ކުރުމަށް މެންބަރުން ވޯޓު ނުދިނީ ދިޔާނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި އުޅޭ ވައްތަރުން ބިރުން ކަމަށް ރޮޒައިނާ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ޖާބިރު ވިދާޅުވީ، ދުވަހުކުވެސް މީހަކު އޭނާއާއި ދިމާއަށް މަޖިލީހުގެ އެތެރޭގައިވެސް އަދި ބޭރުގައިވެސް ވަގަށް ނުގޮވާކަމަށާއި، އަދި ދުވަހަކުވެސް ވައްކަމެއް ނުކުރާއިރު، ހުރިހާ ގޮތަކުންވެސް ރޮޒޭނާއަށްވުރެ އޭނާގެ ޓްރެކް ރަނގަޅުވާނެކަމަށެވެ.
އަދި ރޮޒޭނާއާއި ދިމާއަށް އެހެން މީހުން ތީވަގުންނޭ، ޗޯރުންނޭ އަބަދުވެސް ކިޔާއިރު، ހަލާލުކޮށް އެއްޗެއް ހޯދެން އޮތަސް ބަލާނީ ހަރާންކޮށް އޭތި ކާލެވޭތޯކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.
@Roxeyna aa alhuganduge track record ballavaa, Majilis ethereinna beyrun ves. Dhuvahakuves meehaku vagah nuvaa, vakkameh nukuraathy. Donald gein feshigen miadhaa hamayah meehun kiyany thy choarunney vagunney! Halaal koh ehcheh hoadhen othas thi balany haraankoh kaaleveytho!
— Abdulla jabir (@chairmanjabir) November 7, 2019



