ލައިސަންސް ނެތް ޒުވާނަކު ދުއްވި ކާރެއް އެކްސިޑެންޓްވެ ގެއްލުންތަކެއް

ހުޅުމާލެ ފެރީ ޓާމިނަލް ކައިރި، ލަކުޑި ޖެޓީ ކައިރިން ދިޔަ ކާރެއް ޕާކްކޮށްފައިހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރޭ 18:50 ހާއިރު ހުޅުމާލެ ފެރީޓާމިނަލް ކައިރިން ދިޔަ ކާރެއް ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށާއި، މި އެކްސިޑެންޓްގައި ޕާކްކޮށްފައިހުރި 7 ސައިކަލަށާއި، ކާރަށްވެސް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވީ ނަމަވެސް ހަތް ސައިކަލާއި، ކާރަށް ގެއްލުންވެފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގިވަގުތު ކާރު ދުއްވަން އިން 26 އަހަރުގެ މީހާއަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ލައިސަންސް ނެތް ޒުވާނަކު ދުއްވި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގިއިރު، ވޭތުވެދިޔަ ހަފްތާގައި ހުޅުމާލޭގައި 10 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ