މާލޭ މަގުމަތި - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މި ދިޔަ ހަފްތާގެ ތެރޭގައި 753 ވެހިކަލުގައި ސްޓިކާ ޖަހައިފި

ފާއިތުވި ހަފްތާތެރޭގައި ޕާރކް ކުރުމުގެ ޤަވާއިފާއި ޚިލާފުވެފައިވާ 753 ވެހިކަލުގައި ސްޓިކާ ޖަހައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުގައި ވާ ގޮތުން ނޮވެންބަރު 02 އިން ފެށިގެން ނޮވެންބަރު 08 ގެ ނިޔަލަށް ވަނީ 689 ވެހިކަލް ޗެކް ކޮށްފައެވެ. އަދި މަގުމަތީގެ 38 އެކްސިޓެންޓް މި ދިޔަ ހަފްތާތެރޭގައި ހިނގާފައިވާއިރު މި އެކްސިޑެންޓް ތަކުގައި 14 މީހަކަށް އަނިޔާވެފައިވާކަމަށްވެސް އެ ފަރާތުން އާންމުކުރި ތަފާސް ހިސާބުތަކުގައި ވެއެވެ. އަދި 30 ވެހިކަލެއް ވަނީ ޓޯވ ކޮށްފައެވެ.

ފުލުހުން އާންމުކުރި މި ތަފާސް ހިސާބުތަކަށް ބާލާއިރު މި ދިޔަ ހަފްތާތެރޭގައި އިންސްއަރެންސް އަދި ރޯޑް ވާދިނަސް ނުދައްކާހުރި 69 މައްސަލައެއް ވަނީ ފާހަގަވެފައެވެ. އަދި ލައިސެންސް ނެތި ދުއްވި 77 މައްސަލައަކާއި، އަހަރީ ފީ ނުދައްކާ 38 މައްސަލައަކާއި، ލައިސަންސް ކާޑް ނެތި ދުއްވި 44 މައްސަލައެއްގެ އިތުރުން ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވި 3 މައްސަލައެއް ވަނީ ފާހަގަވެފައެވެ.

މީގެ އިތުރުން ޓްރެފިކް ނިޝަންތަކާއި ޚިލާފަށް ދުއްވި 19 މައްސަލައެއްގެ އިތުރުން ފޯން / ހެޑްސެޓް ޖަހައިގެން ދުއްދި 25 މައްސަލައެއްވެސް ފުލުހުންވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުންވެސް މަގުމަތީގެ ޤަވާއިދުތަކާއި ޚިލާފުވެފައިވާ ގިނަ މައްސަލަތަކެއް ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ