ފޮޓޯ: ފުލުހުން

ށ. އަތޮޅު ފިނޮޅަކުން ވެލިނަގަނިކޮށް ފުލުހުން އެކަން ހުއްޓުވައިފި

ށ. އަތޮޅު ފިނޮޅަކުން ވެލިނަގަނިކޮށް ފުލުހުން އެކަން ހުއްޓުވައިފިއެވެ.

ފުލުހުން ވިދާޅުވީ، ށ. ގުނާފަރު ފިނޮޅުން ވެލި ނަގާކަމުގެ މަޢުލޫމާތު ކަނޑިތީމު ކައުންސިލުން ފުލުހުންނަށް ދިނުމާއި ގުޅިގެން ފުލުހުން އެސަރަޙައްދަށް ގޮސް، އެމީހުން ހުއްޓުވާފައިވާކަމަށެވެ.

އަދި އެމީހުން ގޯނިތަކަށް އަޅާފައިވާ ވެލިތަށް ގޯނިތަކުން ހުސްކޮށް އެސަރަޙައްދުން އެމީހުން ފޮނުވާލެވިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ އެ ފިނޮޅުން ނެގި ވެލި އަޅާފައި ހުރި ބަސްތާތައް ދޯންޏަކަށް ބަރުކޮށްފައި ހުރި ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ