9 ވަނަ ފިލްމް އެވޯޑްސް: އެންމެ މޮޅު ބަތަލާއަކަށް ރިޝްމީ އަދި ބަތަލަކަށް ޔޫއްޕެ

9 ވަނަ ފިލްމް އެވޯޑްސްގެ އެންމެ މޮޅު ބަތަލާއަކަށް ރިޝްމީ އަދި ބަތަލަކަށް ޔޫއްޕެ ހޮވިއްޖެއެވެ.

ރިޝްމީއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނީ ފިލްމު "ވިޝްކާ" އިންނެވެ. މި އެވޯޑް ލިބުމުން ރިޝްމީ ބުނެފައިވަނީ "ވިޝްލިސްޓު"ގައި ހުރި ހުރިހާކަމެއް ފުރިހަމަވެއްޖެކަމަށެވެ.

ރިޝްމީގެ އިތުރުން މި އެވޯޑަށް ވާދަކުރި ތަރިންނަކީ މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ އަދި ނުޒުހަތު ޝުއައިބުއެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) އެންމެ މޮޅު އެކްޓާރގެ އެވޯޑް ހާސިލްކޮށްފައިވަނީ ފިލްމް ދެވަންސޫރައިންނެވެ. ޔޫއްޕެގެ އިތުރުން މި އެވޯޑަށް ވާދަކޮށްފައިވަނީ ޖުމައްޔިލް ނިމާލް، މުހައްމަދު މުންތަސިރު، ރަވީ ފާރާގު އަދި އިސްމާއިލް ޒާހިރު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ