އަފްރާޝީމް މަރާ ގުޅުވަން އުޅެނީ ހަޤީޤީ ޤާޠިލުން ފޮރުވަން - ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީގެ މަރާއި މައުސޫމް މީހުނާ ގުޅުވަން އުޅެނީ ހަޤީޤީ ޤާޠިލުން ފޮރުވަން ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓްގައި ޝަހީމްއަށް ތުހުމަތުތަކެއް ކޮށްފައިވާތީ އެކަންކަމަށް އިންކާރު ކުރުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ޝަހީމް ވިދާޅުވީ، އަނިޔާވެރި ޢަމަލުތަކުން އެމަނިކުފާނު ބަރީއަވެގެންވާކަން މާތް ﷲ ދެނެވޮޑިގެންނަވާނެ ކަމަށެވެ.

"ޑރ. އަފްރާޝީމްގެ މަރާއި މައުޞޫމް މީހުންނާއި ގުޅުވަން ކުރާ މަސައްކަތަކީ ހަޤީޤީ ޤާޠިލުން ފޮރުވަން ކުރާ ކަމެއް. އަނިޔާވެރި ޢަމަލުތަކުން އަޅުގަނޑު ބަރީއަވެގެންވާކަން މާތް ﷲ ދެނެވޮޑިގަންނަވާނެ. ޓީވީ ޕްރޮގްރާމާއި ބެހޭގޮތުން މަރު ކޮމިޝަނަށް ދީފައިވަނީ ތެދު މަޢުލޫމާތު." ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މިއަދު ޢާއްމުކުރި އަފްރާޝީމް ޢަލީގެ މަރުގެ ތަޙްޤީޤުގެ ހުލާސާ ރިޕޯޓު ބުނާގޮތުން އޭނާ އަވަހާރަކޮށްލާފައިވަނީ ރާއްޖޭގައި ހިންގާ ޖިހާދީ ޖަމާއަތުންނެވެ. އަދި އޭނާ އަވަހާރަކޮށްލުމުގައި އިސްކޮށް ހުރީ އަޒްލިފް ރައޫފްއެވެ. މީގެ އިތުުރުން އަފްރާޝީމް އަވަހާރަކޮށްލުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ހުމާމް އާއި ޢަލީ ޝާން (ސަޓޯ) ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Easaafulhu

    Insaanunge mahchah kuhthaa faakuravvan dhuaa kuraa nubai jaahilu kaleyge, konhaa bahanaaeh. Thiyabunaa aslu Qaathilun dhakkaalanveenu, Dr.Afrashym thaubaaavumun balaigannan msg kuri faraaiy neynguniyyey buneema, yaqeenvey bodu olhuvaalumeh ulheykan.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ