2020 އަންނަ އިރު ވެސް ސިންގަލް ކޮށް ތިބީ ކޮންބައެއް ؟

ބައެއް މީހުން ބުނާ ގޮތުގައި ސިންގަލް ލައިފް މާ ސަޅިއެވެ. ލޯބިވެރިޔާ ހިތް ނުރުހިދާނެތީ އުޅޭކަށް ނުޖެހެއެވެ.

ސިންގަލް ލައިފްގައި މާ ގިނަ ވިސްނުން ތަކެއް ވިސްނާކަށް ނުޖެހެއެވެ. ހިތްހަމަ ޖެހޭ ކަމެއް ކޮއްލަންވީއެވެ. މީހަކު ރުޅި އަތުވެދާނެތީ ކަންކަން ނުކޮއް ދޫކޮއްލާކަށް ނުޖެހެއެވެ. އެހެން ނަމަވެސް ރީލޭޝަންޝިޕް އެއްގައި އުޅޭނަމަ ގިނަ ކަންކަން މިޖެހެނީ ނުކޮއް ދޫކޮއްލާށެވެ. ލޯބިވެރިޔާ ހިތްހަމަ ނުޖެހިދާނެތީއެވެ.

ސިންގަލް ލައިފްގެ އެންމެ ކަމުދާ އެއްކަމަކަށް ހަމަ ޔަގީނުންވެސް ފްރީޑޮމް ވާނެކަން ޔަގީނެވެ. ބޭނުން ގަޑިއަކު ބޭނުން އިރެއް ވަންދެން ނިދާލަންވީއެވެ. އުނދަގޫކުރާކަށް މީހަކު ނުހުންނާނެއެވެ. އެހެން ނަމަވެސް ލޯބިވެރިއެއް ހުންނަނަމަ ގަޑިން ގަޑިއަށް އޮފީހައް ލާން ދިއުމާ ތަންތަނަށް ކާން ގޮވައިގެން ދާން އެބަޖެހެއެވެ.

ލޯބިވެރިންގެ ޒުވާބަކީ ހަމަގައިމުވެސް ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. މިއީ މީހާ ސްޓްރެސްވެ ރުޅިކޮންޓްރޯލް ކުރަން އުނދަގޫ ވާކަމެކެވެ. މާގިނައިން މިކަހަލަ ކަންކަމާ ވިސްނަން ވެއްޖެ ނަމަ މީހާ މުޅި ދިރިއުޅުން މަތިން ފޫހިކޮއްލައެވެ.  

ސިންގަލް ލައިފް ކަމުދާ ވާހަކަ ބުނަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ގިނަ ދިރާސާ ތަކުން ދައްކާ ގޮތުގައިވެސް ސިންގަލް ލައިފް މާސަޅިއެވެ.

2020 ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރުވެސް ސިންގަލްކޮށް ތިބީ ކޮން ކުދިންނެއް ބާއެވެ!

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ