މަރު ކޮމިޝަނުން އުޅެނީ އެމްޑީއެންގެ ރިޕޯޓަށް ޢިލްމުވެރިން ކުރި އިންކާރު އޮއްބާލަން: ސަލަފް

މަރު ކޮމިޝަނުން މިހާރު ކުރާ މަސައްކަތަކީ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓަށް ނެރެފައިވާ ނެރުމަށް ޢިލްމުވެރިން ކުރި އިންކާރު އޮއްބާލަން ނުވަތަ ފޮރުވުމަށް ކުރާ މަސައްކަތެއްކަމަށް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަލަފް ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޖަމިއްޔާގެ މެންބަރު އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ، މަރުގެ ރިޕޯޓްގައި ޑރ. އަފްރާޝީމަށް މިސްކިތެއްގައި ހުންނަވަނިކޮށް އެމަނިކުފާނަށް ހަމަލާ ދިނުމަށް ގޮސްފައިވަނީ ސަލަފު މީހުން ހެއްކެއްގެ ބަހުން ހިމަނާފައިވާކަމަށާއި، ނަމަވެސް މިއީ ބުޚުތާނު ދޮގެއްކަމަށެވެ.

އަދި އެފަދަ ދޮގުތަށް ހިމެނުމުގެ ބޭނުމަކީ ސަލަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ރާއްޖޭގައި އެޖަމްޢިއްޔާއަށް އޮތް އިތުބާރު ވައްޓާލުމަށްޓަކައި ބަޔަކު މީހުންރާވަމުން ގެންދާކަމެއްކަމަށް ޝައިޚް ވިދާޅުވެފައިވާއިރު، މިފަދަ ކަންކަމަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހިމަނާފައިވާ ކަންތައްތަކެއް ނޫންކަމަށްވެސް ޝައިޚްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ، މަރު ކޮމިޝަނަށް ބަލާލިކަމުގައިވިއަސް އެމްޑީއެންގެ ފަހަތުގައި ތިއްބެވި ކަމަށް ތުޙުމަތުކުރެވޭ ބައެއް ބޭފުޅުން ހުންނެވިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ