ވައްކަމުގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރު ކޮށްފި

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ރޭ ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއާއި ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރު ކޮށްފައިވަނީ ގޮލޮޅު ފޮލިސް އިން ރޭ 08:45 އެހާކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލާފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް ފެނިގެން ކަމަށެވެ.

އެމީހައަތުން ފެނިފައިވާ ސާމާނުތަކުގެ ތެރޭގައި އިސްލާމިކް ބޭންކްގެ ފައިސާ ކާޑަކާއި، ދެ ޓެބްލެޓާއި، ފަސް މޯބައިލް ފޯނާއި، ހެޑްސެޓަކާއި، ދެ ޗާޖަރުގެ އިތުރުން އެހެނިހެން ބައެއް ސާމާނުވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ