ކުޑަކުދިންނާއި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި މެދު ޤަނޫނީ ފިޔަވަޅު އަޅަންޖެހޭ - ޝަހީމް

އިސްލާމް ދީނާއި ދަޢުލަތުން ކަނޑައަޅާފައިވާ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުޑަކުދިންނާއި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި މެދު ޤާނޫނ ފިޔަވަޅު އަޅަންޖެހޭ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނަރަލްގެ އެޑްވައިޒަރގެ މަޤާމް މިހާރު ފުރުއްވަމުންދާ ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް އަމިއްލަ އަމިއްލައަށް ކުޑަކުދިންނާއި ކައިވެނިކޮށް އެކުދިންގެ ދިރިއުޅުމާއި މުސްތަޤްބަލް ހަލާކުގެ ތެރެއަށް ވައްޓާލާ ފަރާތްތަކާއި މެދު ޤަނޫނީ ފިޔަވަޅު އަޅާއި އެފަދަ އަމަލުތައް ހުއްޓުވަންޖެހޭނެކަމަށެވެ.

ލަނޑާނަގާ ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ އަނިޔާކުރުމަށްފަހު ކަނޑަށް އެއްލާލި މީހާ ކައިވެނިކޮށްގެން އުޅުނު ކުޑަކުއްޖާ ބަލިވެއިން މައްސަލަ ފެންމަތިވެފައިވާ އިރު ކަމާބެހޭ އިދާރާތަކުން ވަނީ އެމައްސަލަ ބަލަން ފަށައިފައެވެ.

އޭނާ ވަނީ 13 އަހަރުގެ ކުޑަކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނި ކޮށްފައެވެ. އަދި އެ ދޯނީގައި އުޅޭ އެހެން މީހެއްވެސް 9 އަހަރުގެ ކުއްޖަކާ ކައިވެނި ކޮށްގެން އުޅޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ޖެންޑަރ މިނިސްޓަރީން ވަނީ މި މައްސައާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކޮށް، ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ