އަޙްމަދު ނިޙާން ޙުސައިން މަނިކު - ފޮޓޯ: ހަފްތާ

ޕާކިން ސްޓިކާ މާފުކޮށްދެއްވާތޯ އާދޭހާއެކު ދަންނަވަން - ނިހާން

ޕާކިން ސްޓިކާ މާފުކޮށްދެއްވާތޯ އާދޭހާއެކު ދަންނަވާ ކަމުގައި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދަޅުވެފައި ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނިހާން ވިދާޅުވެފައިވަނީ މާލޭގެ އެކިހިސާބުތަކުގައި ޕާކުކޮށްފަ ހުންނަ ސައިކަލާ ކާރު ތަކުގަ މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ސްޓިކާ ޖަހައިގެން މިލިއަނުން ނަގަމުންދާ ސްޓިކާ ފައިސާ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ހަދިޔާ އެއްގެ ގޮތުން ނަމަވެސް މާފުކޮށް ދެއްވާތޯ އާދެހާއެކު ދަންނަވާކަމުގައެވެ.

ޤަވާއިދާއި ޚީލާފަށް މަގުމަތީގައި ޕާކް ކުރާ އުޅަނދުފަހަރުގައި ޖަހާ ސްޓިކާއިން އެތައްމިލިއަން ރުފިޔާއެއް ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެރޭ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޕާރކް ކުރާތަނެއް ނުދައްކާ ވެހިކަލްތަކުގައި ސްޓީކާ ނުޖަހާނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ވަނީ ކެމްޕެއިންތެރޭގައި ވަޢުދުވެޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ