ގދ.ރަތަފަންދޫ - ފޮޓޯ: ނަޖް

ގުރޫޕް މާރާމާރީތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލައިފި

ގުރޫޕް މާރާމާރީތަކާއި ގުޅުގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަޔަކު ކޯޓުން ދޫކޮށްލައިފިއެވެ.

2019 ނޮވެންބަރު 24 ވަނަ ދުވަހު ރަތަފަންދޫގައި ހިންގި ގުރޫޕް މާރާމާރީ އާއި، ނޮވެންބަރު 25 ވަނަ ދުވަހު ރަތަފަންދޫގައި ދެމީހެއްގެ ދެމެދުގައި މާރާމާރީއާ ގުޅިގެން އެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 8 މީހަކު ހައްޔަރު ކޮށްފައެވެ.

މި ދެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ދެ މީހުންނާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 24 އަހަރުގެ ދެ މީހުންގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 4 މީހަކު ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. 20 އަހަރުގެ އެކަކާއި 24 އަހަރުގެ މީހާއަށް 7 ދުވަސް ދީފައިވާއިރު، 23 އަހަރުގެ މީހާއަށް ވަނީ 6 ދުވަސް ދީފައެވެ. އަދި 20 އަހަރުގެ އަނެއް މީހާއަށް ވަނީ 5 ދުވަސް ދީފައެވެ.

މި ދެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލާފައި ވަނީ 21 އަހަރުގެ މީހާއާއި، 24 އަހަރުގެ މީހާއާއި، 26 އަހަރުގެ މީހާގެ އިތުރުން 27 އަހަރުގެ މީހާއެވެ.

މި މާރާމާތަކުގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ވަނީ ފަރުވާ ހޯދާފައެވެ.

މި ދެމާރާމާރީއަކީވެސް ގުޅުން ހުރި ދެ މާރާމާރީ ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ