ބޮޑެތި އަދަދުތަކުން އެކިފަރާތްތަކަށް ބަދަލުދިނުން ހުއްޓުވަން ގާނޫނުތަކަށް ދަނީ ބަދަލު ގެންނަމުން: އޭޖީ

އެކި އެކި ކަންކަމުގައި ސަރުކާރުން ނާޖާއިޒު ބަދަލުގެ ގޮތުގައި ދޭ ފައިސާގެ ބޮޑެތި އަދަދުތައް ދިނުން ހުއްޓުމަށް ގެނައުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެންނަނަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ބަދަލުގެ ބޮތުގައި އެކިއެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދެމުންދާތީ މާލިއްޔަތު ކޮމިޓީގައި ޖަވާބުދާރީވެ ވާހަކަފުޅު ދައްކަވަމުންނެވެ.

ދާދިފަހުން ސަރުކާރުން ވަނީ ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާދޭން ނިންމަވާފައެވެ. ދީބާޖާއަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމަވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެފަރާތާއެކު ހަދާފައިވާ އެއްބަސްވުމެއް 2013 ވަނަ އަހަރު ސަރުކާރުން ބާޠިލް ކުރި މައްސަލާގައެވެ. މި މައްސަލާގައި އެފަރާތަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަތް ދަޢުލަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

އެޓާނީ ޖެނެރަލް ވިދާޅުވެފައިވަނީ ސަރުކާރާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ޤާނޫނު ތަކަށް ބަދަލު ގެންނަވަމުންދާކަމަށާއި، އެގޮތުން އެއްބަސްވުންތަކާ ގުޅިގެން ވީހާވެސް ބޮޑަކަށް ދައުލަރުގެ މަސްލަހަތަށް އިސްކަން ދީގެން މި ބަދަލުތައް ގެންނަވަމުން ދާކަމަށެވެ.

ބަންޑާރަނައިބު ވިދާލުވެފައިވަނީ ސަރުކާރުގެ މުއައްސަސާތަކުން އެކިފަރާތްތަކާއެކު އެއްބަސްވުން ތަކުގައި ސޮއި ކުރައްވާއިރު ދައުލަތުގެ މަސްލަހަތު ވީހާވެސް ބޮޑަކަށް ހިމާޔަތް ކުރެވޭގޮތަށް ބަލަން ޖެހޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ