ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް އާސެނަލްއަށް ނޫނެކޭ ބުނެފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން އަންނަ ޖެނުއަރީމަހުގެ ޓްރާންސްފާގައި ރޮޑްރިގޭޒް ގެންނަން އާސެނަލްކުރި މަސައްކަތް ނާކާމިޔާބުވެފައިވަނީ ރޮޑްރިގޭޒް އެކަމަށް އެއްބަސް ނުވުމުންނެވެ. ރޮޑްރިގޭޒް ބޭނުންވަނީ ކުރިއަށް އޮތްތާވެސް ރެއަލްމެޑްރިޑްގައި މަޑުކުރާށެވެ.
މީގެކުރިން ބަޔާން މިއުނިކަށް ކުޅުނު ރޮޑްރިގޭޒްއަށް މިސީޒަންގައި އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު، ސީޒަންގެ ކުރީ ކޮޅު ލިބުނު އަނިޔާއަކާއި ގުޅިގެން ގިނަ މެޗުތަކެއް އޭނާއަށްވަނީ މިސް ވެފައެވެ.
އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީވެސް ރޮޑްރިގޭޒްއަށް ފާރަލަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޮޑްރިގޭޒް މިސީޒަންގައި ރެއަލްމެޑްރިޑަށް މިހާތަނަށް ކުޅެދީފައިވަނީ އެންމެ 7 މެޗެވެ. އެ 7 މެޗުން 1 ލަނޑު ޖަހައި 1 އެސިސްޓް އޭނާ ހަދާފައިވެއެވެ.
މޮނާކޯ ދޫކޮށް ރެއަލްމެޑްރިޑާއި 2014 ވަނަ ގުޅުނު ރޮޑްރިގޭޒް އެކްލަބުގައި ދެސީޒަން ހޭދަކުރުމަށްފަހު ލޯން ޢުޞޫލުން ބަޔާން މިއުނިކަށް ބަދަލުވެ އެކްލަބުގައިވެސްވަނީ ދެސީޒަން ހޭދަކޮށްފައެވެ. އަދި އުމުރުން 28 އަހަރުގެ ރޮޑްރިގޭޒް އެނބުރި ރެއަލްމެޑްރިޑަށް އައިސްފައިވަނީ މިއަހަރު ޖޫން 30 ވަނަ ދުވަހުއެވެ.



