މާލޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާޔާ ކުލިނިކް ކައިރީގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:1 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބިދޭސީއެކެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އިތުރު މަޢުލޫމާތު ލިބޭ މިންވަރަކުން ހާމަކުރަމުން ގެންދާނެކަމަށެވެ.
ފުލުހުން ވިދަޅުވެފައިވަނީ މި މާރާމާރީ ހިނގާފައިވަނީ ދެ ބިދޭސީއެއްގެ ދެމެދުގައި ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. މާރާމާރީ ހިންގުމަށްފަހު އެ ދެމީހުން ވަނީ އެ ސަރަހައްދު ދޫކޮށްގޮސްފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.




