ރައީސް ޔާމީނު - ފޮޓޯ: މިހާރު

"ޔާމީން މިނިވަންކުރުމުގައި ޤާސިމްވެސް ބައިވެރިވެ ވަޑައިގަންނަވާނެކަން ޔަޤީންކުރަން"

ކުރީގެ ރައީސް ޔާމީން މިނިވަންކުރުމުގައި ޤާސިމްވެސް ބައިވެރިވެ ވަޑައިގަންނަވާނެކަން ޔަޤީންކުރާކަމަށް ޔާމީނު ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ލޯޔަރު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

އާސިފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ފިކުރު ޖަލަށް ލައިގެން ވެރިކަން ހިންގާ ވެރިކަމުގެ ނިޒާމަށް ކިޔަނީ ޑިކްޓޭޓަރޝިޕްކަމަށާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރެކޭ އެއްފަދައިން ޖޭޕީގެ ލޮބުވެތި ލީޑަރު ޤާސިމް އިބްރާހިމްވެސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާކަމަށް އުންމީދުކޮށް ޔަޤީން ކުރާކަމަށެވެ.

ޔާމީނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ. ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފައިވާއިރު، މިއަދުގެ ވަގުތެއްގައި އެމަނިކުފާނު މާފުށީ ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިއަދުވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަށްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުންވަނީ ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ސާބިތުވެފައިވަނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ