މަނާ ސަރަޙައްދުގައި ސިނގިރޭޓް ބޮއެގެން 27 މީހަކު މިއަދު ހަފްތާގައި ޖޫރުމަނާ ކޮށްފިއެވެ.
ތަފާތު މައްސަލަތަކާއި ގުޅިގެން އެންވާރްމަންޓް ޕޮލިސް އިން ނެރުނު މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މަނާ ސަރަޙައްދުގައި ސިނގިރޭޓް ބޮއެގެން 27 މީހަކު ޖޫރުމަނާ ކޮށްފައިވާއިރު، ކުނިއުކުމުގެ ޤަވާޢިދާއި ޚަލާފުވެގެން 11 ފަރާތެއް ޖޫރުމަނާ ކުރެވުނުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ 500 ރުފިޔާ އިން ޖޫރިމަނާ ކުރާއިރު، މިދިޔަ ހަފްތާގައި 27 މީހުން ޖޫރިމަނާކޮށްގެން 13500 ރުފިޔާ ފުލުހުން ވާނީ ދައުލަތުގެ އާމްދަނީ އަށް އިތުރު ކޮށްދީފައެވެ.
Environment Police Weekly Statistics from 23rd of November 2019 to 29th of November 2019. pic.twitter.com/thcHSE2FoI
— Maldives Police (@PoliceMv) December 1, 2019
މީގެއިތުރުން 32 ފަރާތަކަށް ނަސޭހަތް ދީފައިވާނެކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި 18 ކޮންސްޓްރަކްޝަން ސައިޓަކަށް ފުލުހުން ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ބަލާފައިވާއިރު، ގެތަކާއި އޮފީސްތައް ހިމެނޭގޮތަށް 13 ތަނެއްގެ ޙާލަތު ބަލާފައިވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



