މިއަދު 15:16 އެހާކަންހާއިރު ގަލޮޅު ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވޭ
މި މާރާމާރީ ހިނގާފައިވަނީ ދެ މީހެއް ފަށެއް ވިއްކަން ގަލޮޅު ގެއަކަށްވަދެ ހިންގި ހަމަނުޖެހުމެއްގެ ތެރެއިން އެގޭމީހެއް ފިހިގަނޑަކުން ފައްވިއްކަން އުޅުނު މީހާގެ ބޮލުގައި ޖެހުމުން ކަމަށް ފުލުހުން ވަނީ ވިދާލުވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ ވަނީ ފަރުވާ ހޯދުމަށް އައިޖީއެމްއެޗްއަށް ގެނގޮސްފައިކަމަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.




