ސީރީއާގެ އަހަަަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

އިޓާލިއަން ސީރީއާގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެއެވެ. މީގެއިތުރުން ސީރީއާގެ މިއަހަރުގެ އެންމެ މޮޅު ފޯވާޑަކަށްވެސް ހޮވިފައިވަނީ ރޮނާލްޑޯއެވެ.

ރެއަލްމެޑްރިޑް ދޫކޮށް ޔުވެންޓަސްއާއި ރޮނާލްޑޯ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުއެވެ. އަދި ސީރީއާގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ރޮނާލްޑޯވަނީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މިސީޒަންގައި މިހާތަނަށް ސީރީއާ 11 މެޗު ރޮނާލްޑޯ ކުޅެފައިވާއިރު، 6 ލަނޑުޖަހާ 1 އެސިސްޓް ހަދާފައިވެއެވެ.

"މިއީ ލިބުނު ފަޚުރެއް. ވޯޓުން ދިން މީހުންނަށާއި، ޓީމުގެ ކުޅުންތެރިންނަށް މިފުރުޞަތުގައި ޝުކުރުދަންނަވަން. އަދި އަންނަ އަހަރުވެސް މިމަޤާމަށް އާދެވޭތޯ މަސައްކަތްކުރާނަން." އެވޯޑާއި ޙަވާލުވެ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

މިލާންގައި ކުރިއަށްދިޔަ މިޙަފްލާއަށް ރޮނާލްޑޯ ގޮސްފައިވަނީ، ފްރާންސްގެ ޕެރިހުގައި ރޭ ކުރިއަށްދިޔަ ބެލޮންޑިއޯ ހަފްލާ ކަޓުވާލުމަށްފަހުއެވެ.

އެހަފްލާގައި މިއަހަރުގެ ބެލޮންޑިއޯ ވާދަވެރި މެސީ ޙާސިލްކޮށްފައިވާއިރު، ހަ ބެލޮންޑިއޯއާއެކު މެސީވަނީ ރޮނާލްޑޯ ފަހަތަށް ޖައްސާލާފައެވެ. ރޮނާލްޑޯއަށް މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ ފަސް ބެލޮންޑިއޯއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ